މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
ކ. މާފުށީގައި އެހެލައިފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ޤައުމީ ދިފާއީ ބާރުގެ މާލެ އޭރިއާ ކޮމާންޑް، މާފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވައިލައިފިއެވެ.
ދިފާއީ ބާރުން ބުނީ، މި ޙާދިސާގެ ރިޕޯޓް މިއަދު ހެނދުނު 10:12 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށި ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވައިލެވުނީ 10:20 ހާއިރު ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ދިފާއީ ބާރުން ބުނެއެވެ.
Ads by HDC
