ހުޅުމާލެ 3އިން 47 ހެކްޓަރުގެ ބިން ހިއްކައިފި
މާލެ ސަރަހައްދަށް ދިމާވެފައި އޮތް ބޯހިޔާވަހިކަން ހައްލުކުރުމުގެ ގޮތުން މިހާރު ހިއްކަމުންދާ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 74 ޕަސެންޓް ހިއްކައި ނިންމައިފިއެވެ.
މި މަޝްރޫއަކީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްެރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ސަރަހައްދުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމައިފައިވާ އިރު، މިހާތަނަށް 47 ހެކްޓަރު ބިން ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން އެމްއޭސީއެލުން ބުނީ، މަސައްކަތުގެ ދުވެލި އަވަސްކޮށް، 74.6 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް ސަރުކާރުން ވަނީ މިދިޔަ މަހުގެ 26ވަނަ ދުވަހު ބޮސްކާލިސްގެ ޓެއިން ސަކްޝަން ހޮޕާ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މިއީ މުޅި ދުނިޔޭގައި ވެސް ބޭނުންކުރާ އެންމެ ބޮޑު އެއް ޑްރެޖަރެވެ. މި އުޅަނދާ އެކު ބިން ހިއްކުމުގެ މަސައްކަތުގެ ސްޕީޑް ވަނީ ވަރަށް ބޮޑުތަނުން އަވަސްވެފައެވެ.
