ސަން ޓްރެވެލްސް ގެ އެކައުންޓު ފްރީޒްކުރި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ސަން ޓްރެވެލްސް ގެ އެކައުންޓުތައް ފްރީޒް ކުރި މައްސަލައިގެ އިސްއިތުނާފު ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ސަން ޓްރެވެލްސް ކުންފުންޏާއި ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް އިން ހުށަހެޅި ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން، އެކުންފުނީގެ އެކައުންޓްތައް ފްްރީޒްކޮށް އަދި އެކައުންޓްތަކުގެ ތަފްސީލް ކޯޓަށް ފޮނުވަން ސިވިލް ކޯޓުން މިދިޔަ މަހު އަމުރެއް ނެރުނެވެ.
އެކައުންޓު ފްރީޒްކުރަން ނެރުނު އަމުރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހަމުދު ސިޔާމް މުޙައްމަދުގެ ސަން ޓްރެވެލްސް ގެ ފަރާތުން އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅުމުން އެމައްސަލަ ބޭރުކޮށްލީ ނުބެލޭނެކަމަށް ބުނެއެވެ.
އެނގިފައިވާ ގޮތުގައި ހައިކޯޓުން އެމައްސަލަ ބޭރުކޮށްލާފައި ވަނީ މިދިޔަ ހަފްތާގައެވެ. ނަމަވެސް އެއީ ކީއްވެކަން އަދި އެނގިގައެއް ނުވެއެވެ.
ހިލްޓަން ކުންފުނިން ސަން ޓްރެވަލްސްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލަ އެވެ.