ޚަބަރު

ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ސީޕްލޭން ޓާމިނަލް: - ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންއިން އއ. ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

Ads by STELCO

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ، އަންނަ މަހުގެ 12ވަނަ ދުވަހުން ފެށިގެން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާނެ ކަމަށެވެ.

ޕްރޮމޯޝަނަލް ފެއާގައި ދަތުރުތައް ކޮށްދޭ އަގަކީ 799ރ.އެވެ. މިހާރުން ފެށިގެން ބުކިންއަށް ވަނީ ހުޅުވާލައިފައެވެ.

ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް ދިނުމަށް ނިންމަވައިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން އިއުލާނު ކުރައްވައިފައެވެ. އޭގެ އިތުރުން ވެސް ޓޫރިޒަމް ފުޅާވަމުންދާ ބައެއް އެހެން ރަށްރަށަށް ވެސް ވަރަށް އަވަހަށް އެ ހިދުމަތް ތައާރަފް ކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބ. ކަމަދުއަށް ވެސް ވަނީ އެ ހިދުމަތް ދޭން ފަށައިފައެވެ.

Ads by HDC