ގަލޮޅު މާރާމާރީ: ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފި
ގަލޮޅު ހަލަވެލި ގޯޅީގައި ބަޔަކު މާރާމާރީ ހިންގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ޖެނުއަރީ 6ވަނަ ދުވަހުގެ ރޭ 20:59 އެހާއިރު، ގ. ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުންގެ ހައްޔަރަށް ގެންގޮސްފައި ވަނީ، ގ. ޝާރާޒް / ޢަލީ އިމްރާން ވަޙީދު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

