Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސޯލަރ ޕެނަލެއްގައި ރޯވި އަލިފާން ނިއްވާލައިފި

ސޯލަރ ޕެނަލެއްގައި ރޯވި އަލިފާން ނިއްވާލައިފި

މިދިލިމަގުގައި ހަރުކޮށްފައި ހުރި ސޯލަރ ޕެނަލެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، މި ޙާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު 08:34 ހާއިރު ލިބިފައިވާ ކަމަށާއި އެމްއެންޑީއެފް ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން ސޯލަރ ޕެނަލުގައި ރޯވެފައި ހުރި އަލިފާން ނިއްވާލައިފައި ވަނީ 08:45 ހާއިރު ކަމަށް ދިފާއީ ބާރުން ބުނެއެވެ.

https://twitter.com/MNDF_Official/status/2009126514059878800

Advertisement
Ooredoo — Square (box)

މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް