Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލެ ބްރަންޗް ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލެ ބްރަންޗް ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "ބްރަންޗް ހައުސް" ކެފޭގައި އަލިފާން ރޯވެ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާގެ ރިޕޯޓު ރޭ 00:58 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން ކެފޭގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 01:19 ހާއިރުއެވެ.
 މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް