Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސަކީ ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމެންޓެއް: މިނިސްޓަރު

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސަކީ ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމެންޓެއް: މިނިސްޓަރު

ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސަކީ ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް މީގެކުރިން ލިބުނީ ކުއްޖަކަށް 1000ރ. އެވެ. މި ސަރުކާރުން މިހާރު ވަނީ އެ އަދަދު ކުއްޖަކަށް 3000ރ. ލިބޭގޮތަށް ބޮޑުކޮށްފައެވެ. އެގޮތުން ކުއްޖަކަށް 3000ރ. ލިބޭއިރު އެންމެ ގިނަވެގެން މަހަކު ލިބޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 12،000ރ. އެވެ. އަދި، އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ.އެވެ. އަދި އެ އުސޫލަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" އެޕިސޯޑް 3 ގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުންތަކަކީ، މުސްތަގްބަލަށް މުޖުތަމައު އަމާންކުރުމަށް ޓަކައި ނިންމަވާ ނިންމެވުންތަކެއް ކަމަށެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސްއަކީ ދިގު މުއްދަތަކަށް ކުރެވޭ އިންވެސްޓްމެންޓެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އެ އެލަވަންސްގެ އަދަދު ބޮޑުކޮށް، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފެށުމާ އެކު، އޭގެ ފައިދާ ކުރިއަށް އޮތް ތިން އަހަރު ވެސް ފެނިގެންދާނެ ކަމުގައި ވެސް ވަޒީރު ވަނީ ވާހަކަފުޅުގައި ފާހަގަކުރައްވައިފައެވެ.

Advertisement
Allied — Dhen Online (box)

ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމާ އެކު އުއްމީދަކީ އާއިލާތަކުގެ ނިކަމެތިކަން ނައްތާލައި ކުރިމަގަށް އާއިލާތައް ބިނާކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް