ސެކިއުލަރ ލާދިނީ ފިކުރު ފެތުރުން އެންމެ ފަހުން ހުކުރު ޚުޠުބާއަށް: ޝައިޚް ނިޝާން

މިއަދުގެ ހުކުރު ޚުޠުބާގައި ހުޅަނގުގެ ސެކިއުލަރ ލާދީނީ ފަލްސަފާ ފަތުރަން ވަަރަށް ފާޅުގައި ގޮވާލައްވާފައިވާކަން ފާހަގަކުރައްވައި ޝައިޚް އާދަމް ނިޝާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ހުޅަނގުގެ ޤައުމުތަކުގައި ޚިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް މާ ގިނަވާނެ ކަމަށާއި, ނަމަވެސް އެ މީހުން ޚިޔާލު ތަފާތުވުން ހެދީ ޤައުމު ބިނާކުރުމަށް ބޭނުންވާ ފިކުރާއި ވިސްނުން ހޯދުމަށް ކަމަށެވެ.
އެ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ޝައިޚް ނިޝާން ވިދާޅުވީ ސެކިއުލަރ ލާދިނީ ފިކުރު ފެތުރުން އެންމެ ފަހުން ހުކުރު ޚުޠުބާއަށް ވެސް ފޯރައިފި ކަމަށެވެ.
''މިއަދުގެ ހުކުރު ޚުޠުބާގައި ރައްޔިތުންނަށް އޮޅޭގޮތަށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި ޚިލާފު, ހުޅަނގުގެ ސެކިއުލަރ ލާދީނީ ފަލްސަފާގެ: ޤައުމިއްޔަތު ވިސްނުން އިސްލާމީ ޢަޤީދާއަށްވުރެ / ޝަރީޢަތަށްވުރެ އިސްކޮށް، ކޯއެގްޒިސްޓެންސްއާއި ޓޮލަރެންސްގެ ވިސްނުން ( ކޮންމެފަދަ ބާޠިލު ވިސްނުމެއް ފިކުރެއް ވިޔަސް އެޔާއި ދެކޮޅު ނުހަދައި ދެބަސްނުވެ އެކުގައި އުޅުމުގެ ވިސްނުން) ފެތުރުމަށް ވަރަށް ފާޅުގައި ވަނީ ގޮވާލާފައެވެ.'' ޝައިޚް ކުރެއްވި ޕޯސްޓެއްގައި ވެއެވެ.
މީގެ އިތުރުން އިސްލާމްދީނުގެ ޘަވާބިތުތަކަށް އިންކާރުކޮށް, ފުރައްސާރަކޮށް އަދި ދެކޮޅު ހަދާ މީހުންނާމެދު ވެސް ހަރުކަށިނުވެ, ޤައުމުގެ މަސްލަހަތައްޓަކައި އެކަންކަން ޓޮލަރޭޓް ކޮށްލައިގެން ތިބެން ޖެހޭނެކަމަށް ވިސްނައިދޭން ޚުޠުބާގައި މަސައްކަތްކޮށްފައިވާކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
''މުސްލިމުންގެ މެދުގައި އުފެދޭ ފަރްޢީ, ފިޤްހީ މައްސަލަތަކާއި ދުނިޔަވީ ކަންކަމުގައި ދެބަސްވާ ކަންކަމުގައި ޢަމަލު ކުރަންވީ ގޮތް ނަގައިގެން ބާޠިލު ޢަޤީދާތަކާއި, އިސްލާމްދީނުގެ ޘަވާބިތުތަކަށް (ބަދަލުވުމެއް ނެތް ޙުކުމްތަކާއި އަސްލުތަކަށް) އިންކާރުކޮށް, ފުރައްސާރަކޮށް އަދި ދެކޮޅު ހަދާ މީހުންނާމެދު ވެސް ހަރުކަށިނުވެ, ދެކޮޅު ނުހަދައި އިންކާރުނުކޮށް، ދީނަށް ޢަޤީދާއަށް ކިތަންމެ ބޮޑު ގެއްލުމެއް ވީނަމަވެސް "ޤައުމުގެ މަޞްލަޙަތައްޓަކައި" އެކަންކަން ޓޮލަރޭޓް ކޮށްލައިގެން ތިބެން ޖެހޭނެކަމަށް ވިސްނައިދޭން މިއަދުގެ ހުކުރު ޚުޠުބާގައި މަސައްކަތް ކޮށްފައިވާކަން ވަރަށް ބޮޑަށް ފާހަގަވިއެވެ.'' ޝައިޚް ވިދާޅުވިއެވެ.
[caption id="attachment_162449" align="alignnone" width="1024"]<img class="wp-image-162449 size-large" src="https://cdn.dhen.mv/wp-content/uploads/2022/09/IMG_20220916_174029_183-1024x1018.jpg" alt="" width="1024" height="1018" /> މިއަދުގެ ހުކުރު ޚުޠުބާގެ ބައެއް[/caption]
މިއަދުގެ ޚުޠުބާ ނިމުނު ފަހުން ޝައިޚް ފަޟްލޫން މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ވަނީ, ނަބިއްޔާ ﷺ ގެ މިންބަރަކީ ކާފިރުންނަށް ސަނާކިޔޭ މިންބަރެއްކަމުގައި ނުވާކަން ފާހަގަކުރައްވައިފައެވެ. ބެލެވޭ ގޮތުން މިއީ މިއަދުގެ ޚުޠުބާގައި ހުޅަނގުގެ ޤައުމުތަކުގެ ވާހަކަތައް ފާހަގަ ކޮށްފައިވާތީ އެކަމަށް ޢިޝާރަތް ކުރައްވައި ކުރެއްވި ޓުވީޓެކެވެ.
https://twitter.com/fzlunx/status/1570692082880368642?t=RSY6QuYa3nUCs1T4JLPMrA&s=19
މިއަދުގެ ޚުޠުބާގައި ވަނީ ''އަހުރެމެންނާ ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށްގެން ނުވާނެ'' ކަމަށާއި, ''އަހުރެމެންނާ ދެބަސްވާ ކޮންމެ މީހަކު މުޖުރިމަކަށް ހަދައިގެންނުވާނެ'' ކަމަށް ވެސް ބުނެފައެވެ.







ކޮމެންޓް