ޚަބަރު

މާލެ ސިޓީގެ މޭޔަރު ޓިކެޓް އާދަމް އާޒިމް ކަށަވަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް / ފޮޓޯ:ރައީސް އޮފީސް

ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިން ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރާނެ ކެންޑިޑޭޓަކަށް މިހާރުގެ މޭޔަރު އާދަމް އާޒިމް ކަށަވަރުވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރީ މިހާރުގެ މޭޔަރު އާދަމް ޢާޒިމްއާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމެެވެ. މިހާތަނަށް ގުނި ވޯޓްފޮށިތަކުގެ ނަތީޖާއިން އާދަމް އާޒިމަށް 1،411 ވޯޓު ލިބިފައި ވެއެވެ. އަލީ އާޒިމަށް ލިބިފައި ވަނީ 962 ވޯޓެވެ. އެމްޑީޕީގެ މާލޭގެ މޭޔަރުކަމުގެ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު 5400 މީހަކަށް ލިބިފައި ވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެކި ދާއިރާތަކުން ޖުމްލަ 154ކެންޑިޑޭޓަކު ވާދަކުރިއެވެ.

މި އިންތިޚާބުގައި ޖުމްލަ 65ވޯޓު ފޮށި ބަހައްޓާފައިވާ ކަމަށާއި އެއީ އަތޮޅުތަކަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާފައިވާ 14ފޮއްޓާއި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާފައިވާ17 ވޯޓު ފޮށީގެ އިތުރުން، މާލެއިން ބޭރުގައި ބަހައްޓާފައިވާ 34 ވޯޓު ފޮށި ކަމަށް އެމްޑީޕީ މަޢުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!