ޚަބަރު

ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމް ހޮސްޕިޓަލްގައި ހުޅުވައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާ މި ދުވަސްވަރު، އެކަމަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

Ads by STELCO

އައިޖީއެމްއެޗްއިން މިއަދު ބުނީ ޑޮކްޓަރަށް ދެއްކުމާއި ލޭ ނެގުމުގެ ހިދުމަތް އެ ކްލިނިކުން ލިބޭނެ ކަމަށެވެ. ހޮސްޕިޓަލް އެތެރޭގައި ހުންނަ ލުއިބުއިމާ ޖެހިގެން ހުންނަ ކޮންސަލްޓޭޝަން ރޫމް10ގައި ހުޅުވި އެ ކްލިނިކް، ކޮންމެ ދުވަހެއްގެ ހެނދުނު 10އިން ރޭގަނޑު 10 ޖަހަންދެން ހުޅުވާފައި ހުންނާނެއެވެ.

އެ ހޮސްޕިޓަލުން ބުނީ ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކުން ފުރަތަމަ ދާނީ އީއާރްގައި ހުންނަ ޓްރައިޖަށް ކަމަށާއި އެ ތަނަށް ގޮސް، ކިއުބީ ޓޭކެން ސިސްޓަމްއިން ޓޯކެން ނަންބަރެއް ނެގުމުން، ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށެވެ.

މި ދުވަސްވަރަކީ މާލެތެރޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ހުމާއި އަރިދަފުސް ރޯގާ އިތުރުވެފައިވާ ދުވަސްވަރެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!