ޚަބަރު

4000 ފްލެޓް މަޝްރޫއު: ކަރަންޓު ފޯރުކޮށްދިނުމުގެ ހުރިހާ ކަމެއް ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެފްޑީސީގެ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަނީ--

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގެ ފޭސް ދޭއްގައި އެޅި4000ފްލެޓަށް ކަރަންޓު ފޯރުކޮށްދިނުމުގެ ހުރިހާ ކަމެއް ނިންމައިފިއެވެ.

Ads by STELCO

ސްޓެލްކޯއިން ބުނީ 4,000ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ކުރިއަށް ގެންދިޔަ އެންމެހާ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

4000ފްލެޓް މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގައި ހިމެނެނީ 3ކޮޓަރީގެ 2800ފްލެޓާއި 2ކޮޓަރީގެ 1200ފްލެޓެވެ.

އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މުޅިންހެން ނިމިފައިވާ އިރުއް މި މަހުގެ 25ގެ ކުރީން ތަޅުދަނޑިތައް ހަވާލުކޮށް ނިމޭނެކަމަށް ވެސް އެފްޑީސީން ވަނީ ބުނެފައެވެ.

މި މަހު ކުރީކޮޅު އެމްޑަބްލިއުއެސްސީން ވަނީ އެފްޑީސީގް ފްލެޓުތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ޤާއިމުކޮށް، ޓެސްޓުކުރުމާއި ކޮމިޝަންކުރުމުގެ ހުރިހާ މަސައްކަތެއް ނިންމައިފައެވެ. އަދި ޓަވަރުތަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ވެސް ހަރުކޮށް ވަނީ ނިންމައިފައެވެ.

Ads by Ooredoo