Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލެއިން 2 މީހަކު ހައްޔަރު ކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލެއިން 2 މީހަކު ހައްޔަރު ކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު 2 މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި، ބުލާފަރުގެ، އަމްޖަދު ރިގާބް 36، އަދި ށ. ނޫމަރާ، މޯނިންސްޓާ، މުހައްމަދު ނާއިފް 28،އެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގަލޮޅު ގެއެއް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ 266.29 ގްރާމެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމްޖަދު 5 ދުވަހަށް އަދި ނާއިފް ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް