ޚަބަރު

ހުޅުމާލެ ތިންވަނަ ފިޔަވެއްސަށް ފަހު ދެން ހިއްކަން ފަށާނީ ގިރާވަރުފަޅު: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލެ ތިންވަނަ ފިޔަވެއްސަށް ފަހު ދެން ހިއްކަން ފަށާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އެކީ ނިމިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ހިއްކާފައިވާ ސަރަހައްދު، ހިއްކުމުގެ ކުރިން 2023ވަނަ އަހަރު ސެޕްޓެމްބަރު މަހު އޮތް ގޮތުގެ ފޮޓޯއަކާއި ހިއްކުމުގެ ފަހުން އޮތް ގޮތުގެ ފޮޓޯއެއް ހިއްސާ ކުރައްވައިފައެވެ.

މި މަޝްރޫޢުގައި ވަނީ ދެ މަސްދުވަހުގެ ތެރޭގައި 40ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފައެވެ. މި މަސައްކަތް ފަށާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. ގިރާވަރުފަޅަކީ އެމްޑީޕީ ވެރިކަމުގައި ގޯތި ދޫކޮށް، ގޯތި ލިބޭނެކަމުގެ ލިޔުން ވެސް ހަވާލުކޮށްފައިވާ ތަނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!