ޒުވާނުންގެ އެވޯޑް ލިބުނު އާފިރު ކޯޓަށް ހާޒިރުނުކުރެވިގެން ހޯދަނީ
ޒުވާނުންގެ އެވޯޑް ލިބުނު ގދ. ރަތަފަންދޫ / އައްސޭރިވިލާ، އާފިރު މުހައްމަދު ކޯޓަށް ހާޒިރު ނުކުރެވިގެން އޭނާ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އާފިރު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހާޒިރު ނުކުރެވުމުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ 11:30އަށް ސިވިލް ކޯޓަށް އާފިރު ހާޒިރުކޮށްދިނުމަށެވެ.
އެހެންވެ އާފިރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅުއްވައި ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.
ސިވިލް ކޯޓުގެ ޝަރީއަތްތަކުގެ ޝެޑިއުލްއިން ދައްކާގޮތުން އާފިރުގެ މައްޗަށް ދައުވާކޮށްފައި ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުންނެވެ. ކުރިން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ހޭދަކުރި އާފިރުއަށް ޒުވާނުންގެ އެވޯޑް 2022ވަނަ އަހަރު އެރުވީ މަސްތުވާތަކެއްޗާ ދުރުވެ އެއާ ދެކޮޅަށް ކުރި މަސައްކަތާ ގުޅިގެންނެވެ.



މިހާރު އަނެއްކާ ބޮނީ އެހެންވީމަ ނުފެންނާނެ ނުން. ދެރަކަންކަން