Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގައިފައިވާ މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ނާދީ، މުނާޛު ޖައުފަރު (24އ) އާއި ގދ. ގައްދޫ / އަތިރީއައްސޭރި، މުޙައްމަދު ނާއިޝް ނަބީލް (24އ) އާއި ސ. ހިތަދޫ / ހާލަމް، ޙަސަން ވިއާމް (19އ) އެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279600އަށް ވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުންނެވެ. މި ޖަނަވަރީ މަހުގެ 27ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގޭންގު ކްރައިމްއާއި ތިނަދޫ ސިޓީ ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވިއެވެ.

Advertisement
Ooredoo — Square (box)

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުނާޛު ޖައުފަރު (24އ) 15ދުވަހަށް، މުޙައްމަދު ނާއިޝް ނަބީލް (24އ) ހަތްދުވަހަށް އަދި ޙަސަން ވިއާމް (19އ) 10ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރި ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުޙައްމަދު ޢަލީ (42އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 30ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް