ލައިފްސްޓައިލް

މި ކުރެހުމުން އަޅެ ކުއްތާއެއް އެބަ ފެނޭތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބައެއް މީހުންނަށް މި ފޮޓޯއިން ކުއްތާއެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް ގިނަ މީހުންނަށް މި ފޮޓޯއިން ވަރަށް ފަސޭހައިން ކުއްތާއެއް ފެނެއެވެ.

Ads by Sosun Fihaara

ކުރެހުންތެރިއަކު ކުރަހާފައިވާ ކުރެހުމަކުން އެ ކުރެހުންތެރިޔާ ބުނެދޭން އުޅޭ ވާހަކައެއް އެހާ ފަސޭހައިން ނަގައި ނުގަނެވިދާނެއެވެ. އެ ވާހަކަ ނަގައިގަތުމަށް ޓަކައި އެކި ގޮތްގޮތަށް އެކުރެހުން ބަލާ ހޯދަން ޖެހެއެވެ. މިފަދަ އެތައް ކުރެހުމެއް ދުނިޔޭގެ މޮޅެތި ކުރެހުންތެރިން ކުރަހާފައި އެބަހުއްޓެވެ.

އެގޮތުން މި ކުރެހުމުން ވެސް ކުއްތާއެއް އެބަ ދައްކުވައިދެއެވެ. އަދި އެކަން އެކަން ފާހަގަ ނުވޭދޯއެވެ؟ ފާހަގަ ނުވާނަމަ އަދި ރަނގަޅަށް ދެލޯ ހުޅުވައިގެން، މި ފޮޓޯއަށް ބަލާށެވެ. އަދިވެސް ނުފެނޭ ހެއްޔެވެ؟ ނުފެނުނަސް އަދި އެކަމާ ހިތް ނުތަނަވަސް ވާކަށް ނުވެއެވެ. ސަބަބަކީ މި ފޮޓޯ ބަލާލުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ކުއްތާއެއް ފާހަގަ ވާނީ ވަރަށް މަދު ބަޔަކަށް ކަމަށް ވާތީއެވެ.

މިފޮޓޯ އިން ކުއްތާއެއް އަދިވެސް ފާހަގަ ނުވާނަމަ ކުޑަކުޑަ "ހިންޓެއް" ދީފާނަމެވެ. އެހިންޓަކީ ތަންކޮޅެއް ކައިރިން މި ފޮޓޯގައިވާ މީހާގެ މޫނަށް ބަލާށެވެ. ނޫނީ ނޭފަތަށް ތަންކޮޅެއް ބޮޑަށް ނަޒަރު ހިންގާލަ ބަލާށެވެ. އަދި އެމީހާގެ ލޮލުން ވެސް އަޅެ ތަފާތުކަމެއް ފާހަގަ ނުވޭ ހެއްޔެވެ؟

މިވަރުން ވެސް ހަަމަ ކުއްތާއެއް މި ފޮޓޯއިން ނުފެންނަނީ ހެއްޔެވެ؟ މައްސަލައެއް ނެތެވެ. ފޯނު އެކޮޅުކޮޅުން ޖެހުމަށް ފަހު ބަލާލަ ބަލާށެވެ. އޭރުން ކުއްތާއެއް، ކަށިގަނޑެއް ހިފައިގެން އިންތަން ވަރަށް ރީއްޗަށް ފެންނާނެއެވެ.

ކުޑަކޮށް ވިސްނާލުމުން ކުއްތާއެއް މި ފޮޓޯއިން ހޯދަން އުނދަގުލެއް ނުވި ދޯއެވެ. އަވަހަށް ރައްޓެހިންނަށް މި ފޮޓޯ ދައްކާ އެމީހުނަށް މި ފޮޓޯއިން ކުއްޓާއެއް ފެނޭތޯ ބަލާބަލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!