ޚަބަރު

ހިޔާ ޓަވަރެއްގައި ރޯވި ހާދިސާއާ ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އަލިފާން ރޯވި ސަރަހައްދު --

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގައި ރޯވި ހާދިސާއާ ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ)އިން ބުނެފިއެވެ.

Ads by STELCO

ރޭ 7:00 ހާއިރު އަލިފާން ރޯވީ ހިޔާގެ 5ވަނަ ޓަވަރުގައެވެ. މި ހާދިސާއާ ގުޅިގެން އެ ޓަވަރުގެ މައި ހޮޅިއަށް ގެއްލުންވެ، ބައެއް އެޕާޓްމެންޓްތަކުގެ ފާހާނާ ބޭނުންކުރަންވެސް ވަނީ ދަތިވެފައެވެ.

އެންޑީއެމްއޭއިން މިއަދު ބުނީ އެ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 7 އެޕާޓްމެންޓެއްގެ 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ، ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗްޑީސީއާ ގުޅިގެން ބަލަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!