ޚަބަރު

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ އިސްތިއުފާ ދެއްވައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި ހުންނެވި ސުޖާތާ

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތްކުރާ ކަމަށް ބުނާ 2.4 ބިލިއަން ރުފިޔާގެ މައްސަލައިގައި، އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)، ސުޖާތާ ހަލީމް ވެސް އިސްތިއުފާ ދެއްވައިފިއެވެ.

Ads by STELCO

ޕެންޝަން އޮފީހުން މިދިޔަ އޮކްޓޯބަރު މަހު ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއެކު ފައިސާގެ މުއާމަލާތެއް ކުރުމަށް ފާސްކޮށްފައެވެ. އެ މުއާމަލާތަކީ އެ އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމެވެ. އެކަން ކުރަނީ ފައިސާ ޗާޕުކުރުމަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތައް ހިމެނޭހެން ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ސުޖާތާ ވަނީ މިއަދު އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރައްވާފައެވެ.

ބޮންޑުގެ މައްސަލައާ ދެކޮޅު ހައްދަވައި، އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒާއި، ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް އަދި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.