ޚަބަރު

ސްޓޮކް މަދުވެގެން 20 ރުފިޔާގެ ނޫޓު އަލުން ނެރެފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
20 ރުފިޔާގެ ނޫޓުތަކެއް

ސާކިއުލޭޝަންގައި ދައުރުވާ 20ރ.ގެ ނޫޓު މަދުވެގެން އަލުން އެ ނޫޓުގެ ސްޓޮކެއް ނެރެފިއެވެ.

Ads by STELCO

މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނީ، އެ އޮތޯރިޓީން ނެރެފައިވާ 'ރަންދިހަ ފަހެއް' ނޫޓު ސީރީޒްގެ ތެރެއިން 20ރ.ގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އާ ސްޓޮކެއް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

20ރ.އަކީ އެންމެ އާންމުކޮށް ދައުރުވާ ނޫޓެވެ. މި ނޫޓު މަދުވުމުގެ ސަބަބެއްގެ ގޮތުގައި ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުން ވިޔަފާރި ކުރާ މިންވަރު މަތިވެ، 20ރ.އަށް އޮތް ޑިމާންޑު އިތުރުވުން ހިމެނެއެވެ.

ވޭތުވެދިޔަ 4 އަހަރުތެރޭގައި 20ރ.ގެ ނޫޓު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިމަހުގެ ކުރީކޮޅު އެމްއެމްއޭ އިން ވަނީ ސްޓޮކް މަދުވެގެން 100ރ.ގެ އާ ނޫޓު ބާޒާރަށް ނެރެފައެވެ.

Ads by PNC