ޚަބަރު

ދެކޮޅަށް ދުއްވޭ ގޮތަށް ބާޒާރުމަތީ މަގު ފުޅާކޮށް އާންމުންނަށް ހުޅުވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ބޮޑުތަކުރުފާނުމަގުގެ ބާޒާރު ފަޅި ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރި ދެވަނަ ފިޔަވަހި ހުޅުވައިފިއެވެ.

Ads by STELCO

ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކޮށްފައި ވަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާރބަރާ ހަމައަށެވެ.

މިީގެ ކުރިން މި މަޝްރޫޢުގެ ދަށުން ރަސްމީފާލަން ހިމެނޭ ސަރަހައްދު ވަނީ ތަރައްޤީކޮށް، މި ދިޔަ ޑިސެންބަރުގައި އާންމުންނަށް ހުޅުވައިލައިފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢޫގެ އަގަކީ 144މިލިއަން ދިވެހި ރުފިޔާއެވެ. މުޅި މި މަޝްރޫޢު އެއްކޮށް ނިންމުމުގެ އަމާޒަކީ 455ދުވަހެވެ. މަޝްރޫޢު ބަހައިލެވިފައި ވަނީ ޖުމްލަ ފަސް ފިޔަވައްސަކަށެވެ.

ތަރައްޤީކުރި މަގުގައި މިހާރު ޖުމްލަ ހަތަރުލޭން އޮވެއެވެ. އަދި މި މަގުގައި މިހާރު ދެކޮޅަށް ދުއްވޭނެއެވެ.

Ads by PNC