Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޔޯގާ ހަމަނުޖެހުން: ދެ ޝައިޚުންނާއި, މުޙައްމަދު އިސްމާޢީލް ހިމެނޭހެން 18 މީހެއްގެ މައްޗަށް ދަޢުވާކޮށްފި

ޔޯގާ ހަމަނުޖެހުން: ދެ ޝައިޚުންނާއި, މުޙައްމަދު އިސްމާޢީލް ހިމެނޭހެން 18 މީހެއްގެ މައްޗަށް ދަޢުވާކޮށްފި

މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ބޭއްވި ވަގުތު އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ ޢަމަލު ތަކެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 18 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރޭގައި ށ.މިލަންދޫ، ނާޒް، ޝައިޚް ފަޟްލޫން މުޙައްމަދާއި, ލ.މާމެންދޫ، ސޯސަންވިލާ، ޝައިޚް އާދަމް ނިޝާނާއި, ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ހިމެނެއެވެ.

Advertisement
Allied — Dhen Online (box)

ފަޟްލޫނާއި ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ދަށުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދަޢުވާއެވެ. އެ ދަޢުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެއެވެ.

ޓެރަރިޒަމްގެ ޢަމަލެއްކުރުމުގެ ދަޢުވާ: އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން.

1 .މއ. ކަނުހުރާ، މުޙައްމަދު ޛިލިއަން
2 .ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢު
3 .ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު
4 .ރ. ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމް
5 .ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަޞޫޙް
6 .މ. ކުދެހިގެ، ޙަސަން ޝިފާޒު
7 .ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް

ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާ: އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަ ކަށް ޖަލަށްލުން.

1 .ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް
2 .ގ. ފީނިކްސް، ޢަބްދުالله ނިޔާޒު
3 .ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު
4 .ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު
5 .ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން
6 .ހދ. ކުޅުދުއްފުށި، ބާބޫގެ، ޙުސައިން ޢަލީ
7 .މ. ފަޅުމަތީގެ، އަޙްމަދު ޢަލީ

ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދަޢުވާ: އަދަބަކީ 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަ ކަށް ޖަލަށްލުން.

1.ތ.ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢު

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދަޢުވާ: އަދަބަކީ 07 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަ ކަށް ޖަލަށްލުން.

1 .ފ.ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދަޢުވާ: އަދަބަކީ 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަ ކަށް ޖަލަށްލުން.

1.ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢު
2.ރ. ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމް
3.މ. ކުދެހިގެ، ޙަސަން ޝިފާޒު

ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދަޢުވާ: އަސާސީ އަދަބަކީ 4 މަހައި 24 ދުވަހަށް ޖަލަށްލުން.

1 .ގ. އުފުރިޔާ، މުޙައްމަދު ފައިޞަލް
2 .މ. އޯކިޑްހައުސް، މުޙައްމަދު ފައިޞަލް
3 .މއ. ކަނުހުރާ، މުޙައްމަދު ޛިލިއަން
4 .ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢު
5 .ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު
6 .ރ. ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމް
7 .ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަޞޫޙް
8 .މ. ކުދެހިގެ، ޙަސަން ޝިފާޒު
9 .ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް
10 .ގ. ފީނިކްސް، ޢަބްދުالله ނިޔާޒު
11 .ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު
12 .ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު
13 .ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން
14 .ހދ. ކުޅުދުއްފުށި، ބާބޫގެ، ޙުސައިން ޢަލީ
15 .މ. ފަޅުމަތީގެ، އަޙްމަދު ޢަލީ

ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ: އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.

1 .ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް
2 .މއ. ކަނުހުރާ، މުޙައްމަދު ޛިލިއަން

މީގެތެރެއިން ގިނަ މީހުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް