ފަރުވާ ދިނުމަށް ފަހު މެންބަރު ސަލީމް ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލައިފިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަލީމް ހޮސްޕިޓަލުން ދޫކޮށްލައްވައިފި ކަމަށާއި އޭނާއަށް އަވަސް ޝިފާއަކަށް އެދޭ ކަަމަށެވެ.
އަދި މިއަދުގެ މަޖިލީހަށް މައިނޮރިޓީ ލީޑަރަށް ވަޑައިނުގެންނެވި ދާނެތީވެ، ދޭން ޖެހޭ އިރުޝާދުތައް ދީފައިވާ ކަމަށްވެސް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ވިދާޅުވީ ސަލީމް އެޑްމިޓްކޮށްފައި ވަނީ ޓެސްޓްތަކެއް ހެދުމަށް ކަމަށާއި އޭނާގެ ހާލު ސީރިއަސްއެއް ނޫން ކަމަށެވެ.