ޚަބަރު

އެފްޑީސީގެ ފްލެއްޓެއްގައި ހުރި ބިދޭސީ ލޭބާ ކުއާޓާ ނަގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެފްޑީސީގެ ފްލެޓުތަކެއް--

ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)އިން ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކުރި 4000ފްލެޓްތަކުގެ ތެރެއިން "އަމާން އުދަރެސް"ގެ ފްލެޓެއްގައި ހުރި ބިދޭސީ ލޭބާކުއާޓާއެއް ނަގައިފިއެވެ.

Ads by STELCO

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެފްޑީސީގެ އެ ކޯޕަރޭޝަންގެ ސުޕަވައިޒަރުން ހިންގި އިންސްޕްކެޝަންގެ ތެރެއިން އެ ލޭބާ ކުއާޓާ ފާހަގަކުރެވިގެން އެ ފްލެޓްގެ ވެރި ފަރާތް 50،000ރުފިޔާއިން ޖޫރިމަނާކޮށް، 10 ދުވަސް ތެރޭ އެ ލޭބާ ކުއާޓާ ނަގަން އޮތީ އަންގައިފައެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު "ދެން"އަށް ވިދާޅުވީ އެ ލޭބާ ކުއާޓާ ނަގަން އެންގިތާ ދިހަވަނައަށްވީ ދުވަހު އެފްޑީސީން އިންސްޕެކްޝަން ހިންގި ކަމަށާއި އޭރު އެތަނުން ލޭބާ ކުއާޓާ ނަގާފައިވާ ކަމަށެވެ.

އަދި އެ ތަނުގެ މިހާރު ދިރިއުޅެމުންދަނީ ފްލެޓުގެ ވެރިފަރާތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިން ކޮޓަރީގެ އެ ފްލެޓުގައި ލޭބާ ކުއާޓާ ހަދައިގެން އުޅެމުން ދިޔައީ ނޭޕާލް ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސޯޝަލް ހައުސިން ސްކީމުގެ ދަށުން ތަރައްގީކުރާ ތަންތަން ކުއްޔަށް ދިނުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ ގާނޫނު އިސްލާހުކޮށްގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Ads by PNC