ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ޒުވާން އަންހެނަކާ 3 ފިރިހެނަކު ހައްޔަރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ޒުވާން އަންހެނަކާއި ތިން ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ އަންހެނެއް ކަމަށެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.

މިމަހުގެ 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކުގައި ހުޅުމާލޭގެ ތިން ފްލެޓެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 17 ރަބަރު ޕެކެޓާއި، 16 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތީގެ އިތުރުން ގިނައަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ފުލުހުން ދަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ ޚާއްސަ އޮޕަރޭޝަންތަކެއް މާލެ ސަރަޙައްދުގެ އިތުރުން އަތޮޅު ތެރޭގައި ވެސް ހިންގަމުންނެވެ. އެގޮތުން އައްޑޫ ސިޓީގައި ވެސް ދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!