ޚަބަރު

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނެ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ޒަކާތް ދިނުމަށް ގޮވާމުގެ ބާވަތްތައް ގެންގޮސްފައި--

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

Ads by PNC

ޒަކާތު ހައުސްއިން ބުނީ ހޮނިހިރު އަދި އާދީއްތަ ދުވަހު ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00އިން މެންދުރު 12:00އަށް ކަމަށެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހު ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00އިން މެންދުރު 12:00އަށާއި މެންދުރު 13:00އިން 15:00އަށް ކަމަށެވެ.

މާލޭ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައި ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ މާލޭގައި ހުންނަ ސެންޓާ ފޯ ސެކަންޑަރީ އެޑިއުކޭޝަންގައެވެ.

ޒަކާތް ދެއްކޭނެ ބާވަތްތައް

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުއް

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެމީހަކު ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން 2.4ކިލޯގެ މިންވަރެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުގައި މި ރޯދަމަހުގެ ފުރަތަމަ 15ގައި ފިތުރު ޒަކާތުގެ ގޮތުގައި 5.4މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!