ޚަބަރު

އައްޑޫއަށް ވައިގެ މަގުން ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އައްޑޫއަށް ވައިގެ މަގުން ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން (58އ)އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެގޮތުން ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުުރުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.