ޚަބަރު

ސަރުކާރުގެ ޓްކްސީލައިނަށް ޑްރައިވަރުން ހޯދަން އަނެއްކާ ވެސް ވޯކްއިން-އިންޓަވިއުއެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ޓެކްސީ ޑްރައިވަރުން ހޯދަން އެމްޓީސީސީއިން ކުރިއަށް ގެންދިޔަ ވޯކްއިން-އިންޓަވިއު --

ސަރުކާރުން ފަށަން ތައްޔާރުވަމުންދާ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް އަނެއްކާ ވެސް ވޯކް-އިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.

Ads by Allied

މިހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ މިހާރު ވެސް މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދެމުންދާ އެމްޓީސީސީއާއެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާދަމާ ހެނދުނު 10އިން ހަވީރު 4ޖަހަންދެން މާފަންނު ބަސް ޓާމިނަލްގައި ވޯކް-އިން އިންޓަވިއު ކުރިއަށް ދާނެ ކަމަށެވެ.

މީގެ ކުރިން ވެސް ވޯކް-އިން އިންޓަވިއުއެއް ކުރިއަށް ގެންގޮސްފައިވާއިރު، އެމްޓީސީސީން ބުނެފައި ވަނީ ޖުމްލަ 407ޑްރައިވަރުން ބޭނުންވާ ކަމަށެވެ. އޭގެ ތެރެއިން 122ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެ ހިދުމަތް ފެށޭނެ ކަމަށެވެ. ނަމަވެސް ހިދުމަތް ފެށިފައެއް ނުވެއެވެ.

އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ޓެކްސީ ބޭނުންކޮށްގެންނެވެ. އަދި އެ ހިދުމަތް 24ގަޑިއިރު ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!