ޚަބަރު

އިންތިހާބުގެ ވޯޓު ފޮށިތައް ރަށްރަށަށް ފޮނުވަން ފަށައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

އަންނަ މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ބޭނުންވާ ވޯޓު ފޮށިތައް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

Ads by Allied

އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ އިންތިހާބު ބާއްވަން ގާއިމްކުރާ 347ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދުން ފެށިގެން ކަނޑުމަގުންނާއި ވައިގެ މަގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވައިގެ މަގުން ވޯޓު ފޮށިތައް މިއަދު ފޮނުވަން ހަމަޖެހިފައި ވަނީ ހއ، ރ، ތ، ލ، ގއ، ގދ އަތޮޅުގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީއަށެވެ.

އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށެވެ. އީސީން ބުނީ މާލެ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވާނީ މިމަހުގެ 30އަދި 31ވަނަ ދުވަހު ކަމަށެވެ.

އިންތިހާބާއެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުވެސް ނަގާނެއެވެ. އެއީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލަން ފެނޭތޯ ނަގާ ވޯޓެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!