Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަންނަ އަންގާރަ ދުވަހު ރައީސް ޔާމީން ނޫނަށް ވަޑައިގަންނަވަނީ

އަންނަ އަންގާރަ ދުވަހު ރައީސް ޔާމީން ނޫނަށް ވަޑައިގަންނަވަނީ

އަންނަ އަންގާރަ ދުވަހު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނޫނު އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް ''ދެން'' އަށް މިއަދު ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ނޫނު އަތޮޅަށް ވަޑައިގަންނަވާ ގޮތަށް އަދި ހަމަޖެހިފައި އޮތީ މި މަހުގެ 25 ވާ އަންގާރަ ދުވަހު ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ކޮން ރަށްތަކަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

މީގެ އިތުރުން ތޮލާލް ވިދާޅުވީ އަންނަ ނޮވެމްބަރުގައި ރައީސް ޔާމީން އައްޑުއަށާއި, ގދ.އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް ޔާމީން ފުރަތަމަ ދަތުރުފުޅުކުރެއްވީ ދ.ކުޑަހުވަދުއަށެވެ. ދެވަނަ ދަތުރުފުޅު ކުރެއްވީ ހއ.އަތޮޅަށެވެ. އެ ގޮތުން އެ އަތޮޅުގެ ހަ ރަށަކަށް ވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް