Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންތިޚާބުގެ ކާމިޔާބީގެ އުފާފާޅުކުރުމަށް އެމްޑީޕީން މިރޭ ހާއްސަ ހަރަކާތެއް ބާއްވަނީ

އިންތިޚާބުގެ ކާމިޔާބީގެ އުފާފާޅުކުރުމަށް އެމްޑީޕީން މިރޭ ހާއްސަ ހަރަކާތެއް ބާއްވަނީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ އާޓިފިޝަލް ބީޗުގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މި އުފާފާޅުކުރުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި ކަމަށެވެ. އަދި އިއްޔެ ކުރިއަށްދިޔަ ވޯޓުލުމުގައި އެމްޑީޕީން ވަނީ ފާހަގަކޮށްލެވޭ ފަދަ ނަތީޖާއެއް ނެރެ، ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުކަމުގެ ގޮނޑި ތަނަވަސް އަޣުލަބިއްޔަތަކާ އެކު ކާމިޔާބުކޮށްފައެވެ.

https://twitter.com/MDPSecretariat/status/2040876827116449829

Advertisement
Allied Insurance — Square (box)

ސިޓީތަކުގެ އިސް މަގާމުތަކުގެ އިތުރުން، ރަށްރަށުގެ ކައުންސިލްތަކުން ގިނަ ގޮނޑިތަކެއް އެ ޕާޓީން ވަނީ ކަށަވަރުކޮށްފައެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ސަރުކާރުން ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް ރައްޔިތުން ނިންމާފައި ވަނީ އެމްޑީޕީން ކެމްޕެއިން ކުރި ގޮތަށް، އެކަމަށް އިންކާރުކޮށް 'ނޫނެކޭ' ބުނުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް