Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވިޔަފާރި ބަނދަރުން މުދާ ނެރުމުގެ ދަތިތަކަށް އަވަސް ޙައްލެއް ގެނައުމުގެ މަސައްކަތް ފަށައިފި

ވިޔަފާރި ބަނދަރުން މުދާ ނެރުމުގެ ދަތިތަކަށް އަވަސް ޙައްލެއް ގެނައުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރަށް މުދާ ބޭލުމުގައި ކުރިމަތިވަމުންދާ ލަސްތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަރުކާރުން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއަރކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކާ އެކު މިހާރުވެސް މަޝްވަރާކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތައް ގޯސްވަމުންދާ ދަނޑިވަޅެއްގައި، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ލޮޅުންތަކާއި ރާއްޖެއަށް އޭގެ ސަބަބުން ކޮށްފާނެ އަސަރުތައް ސަރުކާރުން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، އިޤްތިޞާދީ މައި ނާރުކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތަށާއި، ޢުމްރާނީ ތަރައްޤީއާ ގުޅިފައިވާ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މުހިންމު ސާމާނުތައް ހޯދުމަށް ދިމާވެދާނެ ހުރަސްތަކަށް ދުރާލާ ފިޔަވަޅުތަކެއް އަޅަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. މިގޮތުން، ބޭރުގެ އިތުބާރުހުރި ކުންފުނިތަކާއި ރާއްޖޭގެ ވިޔަފާރިތަކާ ދެމެދު ގުޅުން ޤާއިމުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް