ޚަބަރު

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކަނޑު ގަދަ ދުވަހެއް އުޅަނދެއް ދަތުރުކުރަނީ/ ފޮޓޯ: ދެން

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

Ads by Allied

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 08:00އިން ފެށިގެން މެންދުރު 13:00އަށް ކަމަށެވެ. އަދި އެ ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ބަދަލުވަމުންދާ ދުވަސްވަރަކަށް ވުމުން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދުދެއެވެ.

Ads by Allied Insurance