އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުވެސް އިސްތިއުފާ ދެއްވައިފި
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވެސް އިސްތިއުފާ ދެއްވައިފިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންއިން މިއަދު ހަވީރު އެކްސްގައި ބުނީ މަތީން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދެއެވެ. އަދި މަތީން އިސްތިއުފާ ދެއްވި ސަބަބެއްވެސް ސާފެއް ނުވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ނިމުނުފަހުން ގިނަ ކުންފުނިތަކެއްގެ އިސްވެރިން އިސްތިއުފާ ދިނުމާއި މަގާމުން ވަކިކުރުން ވަނީ އިތުރުވެފައެވެ.
މިއަދު ވަނީ މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު ޝަހީރު ވެސް އިސްތިއުފާ ދެއްވައިފައެވެ.
Ads by Allied Insurance