Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުރާގައި 15 މީހުން ދިރިއުޅުނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުރާގައި 15 މީހުން ދިރިއުޅުނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. ހުރާގައި 15 މީހުން ދިރިއުޅުނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 2026 އެޕްރީލް 13 ވަނަ ދުވަހުގެ ދަންވަރު 01:18 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ހާދިސާގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ކ. ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެވިފައެވެ.

Advertisement
Allied — Dhen Online (box)

މި ހާދިސާގައި އެ ގޭގެ އިމާރާތަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް