ޚަބަރު

އާ ގައިޑްލައިންތަކަށް ކޯސްތައް އެކްރެޑިޓްކުރަން މުއްދަތެއް އެމްކިއުއޭއިން ދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ:އެމްކިއުއޭ

އާ ގައިޑްލައިންތަކަށް ކޯސްތައް އެކްރެޑިޓްކުރަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ(އެމްކިއުއޭ)އިން މުއްދަތެއް ދީފި އެވެ.

Ads by Allied

އެމްކިއުއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ "ޕުރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"ގެ ދަށުން ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކުރިން އެޕްރޫވަލް ހޯދާފައިވާ ޕުރޮގްރާމްތަކަށް ވެސް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހޭނެ ކަމަށެވެ،

ނަމަވެސް، ބައެއް މަރުކަޒުތަކުން މިއަދާ ހަމައަށްވެސް އެ އޮތޯރިޓީން ކުރިން އެޕްރޫވަލްދީފައިވާ އަދި ހިންގަމުން ގެންދާ ޕްރޮގްރާމްތައް މިހާރު އަމަލުކުރަމުންދާ "ޕުރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"ގެ ދަށުން އެއްގޮތަކަށްވެސް އެކްރެޑިޓޭޝަން ހޯދުމަށް ހުށަހަޅާފައިނުވާކަން އެމްކިއުއޭއިން ފާހަގަކުރި އެވެ.

އަދި އެފަދަ މަރުކަޒުތަކާއެކު މިއަހަރުގެ ތެރޭގައި ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރި ކަމަށާއި ނަމަވެސް ބައްދަލުކުރެވުނީ މަދު މަރުކަޒަކާކަމަށް ވެސް އެމްކިއުއޭއިން ބުންޏެވެ.

"އަދި މީގެ ތެރެއިން 30 ވަރަކަށް މަރުކަޒާ މިހާތަނަށް ވަނީ އެ މަރުކަޒުތަކުން ވުޒާރާއަށް ދީފައިވާ އީމެއިލް އަދި ފޯނުގެ ޒަރީއާއިންވެސް ގުޅޭ ގޮތް ނުވެފައެވެ." އެމްކިއުއޭއިން އިތުރަށް ބުންޏެވެ.

އެމްކިއުއޭއިން ބުނީ ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުންވެސް އެކްރެޑިޓޭޝަން ނުހޯދާ ހުރި ޕްރޮގްރާމްތަކަށް އަންނަ އަހަރުގެ  އޮކްޓޯބަރު މަހުގެ 22ގެގެ ކުރިން އެކްރެޑިޓޭޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ އެކްރެޑިޓޭޝަނަށް ހުށަނާޅާ ޕްރޮގްރާމްތައް ބާތިލުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Ads by Allied Insurance