ދުނިޔެ

ޕާކިސްތާނު: ހޮސްޕިޓާތަކުގެ އިހުމާލުން ކުޑަކުދިންނަށް އެޗްއައިވީގެ ނުރައްކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި އެޗްއައިވީ ފެތުރުމަކީ މިހާރު އާންމުކޮށް ހިނގާ ކަމަކަށް ވެއްޖެއެވެ. އަދި މިކަމުގެ ހިތާމަވެރި ނަތީޖާ އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހެނީ ކުޑަކުދިންނަށެވެ. މިސާލަކަށް ތައުންސާ ސިޓީގައި، މައިންބަފައިން ބައްޔަށް ނެގެޓިވްވީ ނަމަވެސް، ކުޑަކުދިން ވަނީ އެޗްއައިވީއަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން، މިކަން ހިނގަނީ ކިހިނެއް ހެއްޔެވެ؟ "ކްރޮސިންގ ކޮންޓިނެންޓްސް" ޕްރޮގްރާމްގައި ގަޒަލް އައްބާސީ މިކަމުގެ ޒިންމާ އުފުލަންޖެހެނީ ކޮން ބައެއްތޯ ހޯދައި ބަލާފައިވެއެވެ.

Ads by Allied

ހޮސްޕިޓަލުގެ މުވައްޒަފެއްގެ އެހީތެރިކަމާއެކު، އެ ސިޓީގެ މައި ހޮސްޕިޓަލުގެ ތެރޭގައި ސިއްރިއްޔާތުގައި ކުރި ރެކޯޑިންގތަކުން، ސިއްހީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ހޮސްޕިޓަލުން އަމަލުކުރާކަން ބީބީސީއަށް ވަނީ ހާމަވެފައެވެ. ބޭސް އަޅާފައި ހުންނަ ފުޅިތަކާއި ކަށި (ސިރިންޖު) އެކަކަށްވުރެ ގިނަ ކުދިންނަށް ތަކުރާރުކޮށް ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ ސަބަބުން އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށް ބަލި ފެތުރުމަކީ ނުވެ ނުދާނެ ކަމެކެވެ. ނަމަވެސް، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ބުނަނީ މި މައްސަލައިގެ އަސްލަކީ ހޮސްޕިޓަލް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

Ads by Allied Insurance