ޚަބަރު

ކައުންސިލްތަކުގެ އަންހެން ގޮނޑި: ދޮންފަނު އެމްޑީޕީއަށް ފުވައްމުލަށް މިނިވަން ކެންޑިޑޭޓަށް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މިއަދު ކުރިއަށްދިޔަ ދެވަނަ ބުރުގައި ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑި ދޮންފަނުން މޯލްޑިވިއަން ޑިމޮލްރެޓިކް ޕާޓީ(އެމްޑީޕީ)އިން އަދި ފުވައްމުލައް ސިޓީއިން މިނިވަން ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ.

Ads by Allied

މި އިންތިޚާބަކީ މި މަހުގެ 4ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގެ ތެރެއިން ނަތީޖާ އެއްވަރުވުމުގެ ސަބަބުން ބޭއްވުނު އިންތިޚާބެކެވެ.

ދޮންފަނުން އިންތިޚާބުގައި ނަތީޖާ އެއްވަރުވެ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެންޑިޑޭޓު ޢާއިޝަތު މުނާއާއި އެމްޑީޕީގެ ކެންޑިޑޭޓު އައިމިނަތު ރަފާހްއާ ދެމެދު ބޭއްވި އިންތިޚާބެކެވެ.

މި އިންތިޚާބުގައި އެ ރަށުގައި ބެހެއްޓިފައިވާ ވޯޓު ފޮށިން މުނާއަށް 111 ވޯޓު ލިބުނުއިރު، ރަފާހްއަށް އެ ފޮށިން ލިބުނީ 155 ވޯޓެވެ. މާލޭގެ ފޮށިން މުނާއަށްއަށް 51 ވޯޓު ލިބިފައިވާއިރު، އެމްޑީޕީ ކެންޑިޑޭޓަށް އެ ފޮށިން ލިބިފައި ވަނީ 47 ވޯޓެވެ. ކެލާގެ 2 ނަންބަރު ފޮށިން ރަފާހްއަށް 1 ވޯޓު ލިބިފައިވެއެވެ. އަދި މުނާއަށް ނޭކުރެންދޫ 1 ނަންބަރު ފޮށިން 3 ވޯޓުގެ އިތުރުން މާވަށު 2 ނަންބަރު ފޮށިން 1 ވޯޓު ލިބިފައިވެއެވެ.

ފުވައްމުލަށް ސިޓީއިން އިންތިޚާބުގައި ނަތީޖާ އެއްވަރުވެ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެންޑިޑޭޓު ޢާއިޝަތު ޢަބްދުލް ޤާދިރުއާއި މިނިވަން ކެންޑިޑޭޓު ޝީޒާ އިބްރާހީމްއާ ދެމެދު ބޭއްވި އިންތިޚާބެކެވެ.

މި އިންތިޚާބުގައި ތިން ފޮއްޓެއް ބަހައްޓައިފައި ވެއެވެ. އެއީ އެ ރަށުގައި ބެހެއްޓި ދެ ފޮއްޓާއި މާލޭގައި ބެހެއްޓި ފޮއްޓެވެ. މި ފޮށިތަކުގެ ނަތީޖާތަކަށް ބަލާއިރު ފުވައްމުލަށް ސިޓީގެ ފޮއްޓާއި މާލޭ ފޮށިން ޝީޒާ ވަނީ ކުރިހޯދާފައެވެ. ޖުމްލަ ނަތީޖާއަށް ބަލާއިރު 33 ވޯޓުގެ ތަފާތަކުން ޝީޒާ ވަނީ ކުރި ހޯދާފައެވެ.

Ads by Allied Insurance
  1. ކާލިމް.ސާލިމް / ދޮންފަނު

    ކެމްޕެއިން އަށް ރައިސް އޮފީހުން ބަޖެޓް ހޯދައިގެން އަގު ބޮޑު ފޯނު ގަނެގެން އަންހެނުން އެކައުންޓައް ފައިސާ ކޮޅު ކަހާލައިގެން ސާލިމް. ވޯޓު ދިނީ އެމްޑީޕ ކެންޑިޑޭޓައް. އާއިލާ މީހުންނަށާއި ގާތް މިހުންގެ ދަރިންނަށް ވަޒީފާ ހަމަޖައްސާފައި ދަންވރު ގުޅާފަ ގޭގެއަށް ވޯޓު ހޯދަން ވަންނަނީ މީހުންގެ އަނބިން ކައިރިއަށް. ރައީސް ބުނީ ހަމަ.ރަނގަޅަށް. ކެމްޕެއިން ޓީމް ތަކުން ގޯސް ހެދީ