ޚަބަރު

މަސްވެރިންނަށް ހާއްސަ އަގެއްގައި 1.1 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފިން: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފިޝަރީޒް މިނިސްޓަރު ޝިޔާމް މަޖިލިހުގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

މެދު އިރުމަތީގެ ހަނގުރާމައިގެ ހާލަތުގައި މަސްވެރިންނަށް ހާއްސަ އަގެއްގައި 1.1 މިލިއަން ލީޓަރުގެ ތެޔޮ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Allied

އިސްރާއިލާއި އެމެރިކާ އިސްވެ އޮވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިފައެވެ. އަދި އޭގެ އަސަރު ރާއްޖެއަށް ވެސް ކޮށް ތެޔޮ ވަނީ އަގުބޮޑުކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ މި ހާލަތުގައި ވެސް ސަރުކާރުން މަސްވެރިންނަށް ހާއްސަ އަގުގައި މިހާތަނަށް 958 ދޯންޏަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ތެޔޮ ދޫކޮށްފައިވާ ކަމަށެވެ.

އެގޮތުން 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޯނިތަކަށް އަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ތެރެއިން އެންމެ ގިނަ ތެޔޮ ހާއްސަ އަގުގައި އަޅައިދިނީ މިފްކޯއިން ކޫއްޑޫއިންއެވެ. އެގޮތުން އެ ތަނުގައި އެކަނިވެސް 583،220 ލީޓަރުގެ ތެޔޮ ދޫކޮށްފައި ވެއެވެ.

އޭގެ އިތުުރުން މިފްކޯއިން އައްޑޫގައިގައި ވެސް 255،445 ލީޓަރުގެ ތެޔޮ ދޫކުރިއެވެ.

މިފްކޯއިން މި މަހުގެ ފަހަކުން ފެށިގެން މަސްކިރާ އުޅަނދުތަކަށް ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 16.54 ރުފިޔާ އަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ވެސް ލީޓަރެއް ވިއްކިއެވެ.

Ads by Allied Insurance