ޕޭ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އިސްތިއުފާ ދެއްވައިފި
ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަމް އިސްތިއުފާ ދެއްވައިފި އެވެ.
"ދެން"އަށް ކަށަވަރުވެފައިވާ ގޮތުން ފައިޒަލް އިސްތިއުފާ ދެއްވީ އިއްޔެ އެވެ.
ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ.
ފައިޒަލް މަގާމުން އިސްތިއުފާ ދެއްވިއިރު މުސާރަތައް އެއް ހަމަކުރުމުގެ 93 ޕަސެންޓް މަސައްކަތް ޕޭ ކޮމިޝަންއިން ވަނީ ނިންމައިފަ އެވެ. އަދި ބާކީ ހުރި މަސައްކަތްތައް ވެސް ވަރަށް އަވަހަށް ނިންމަން އަންގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މި ހަފްތާ ވަނީ ބުނެފަ އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޭ ކޮމިޝަންގެ ރައީސްއަކީ ފިނޭންސް މިނިސްޓަރެވެ. އަދި ބާކީ ތިއްބަވާ މެމްބަރުން އައްޔަނުކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.
Ads by Allied Insurance