ދުނިޔެ

ކޯވިޑް 19 އިންޑިއާ: ޑިއުޓީ އަދާކުރަމުން ދިޔަ ޑޮކްޓަރަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް 19 ޖެހިގެން މަރުވި އިންޑިއާ މީހެއްގެ އާއިލާ މެމްބަރުން އެ ބައްޔަށް ޝައްކު ކުރެވޭތީ އެމީހުން ކަރަންޓީނު ފެސިލިޓީއަށް ގެންދަން ދިޔަ ޑޮކްޓަރަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފިއެވެ.

Ads by Sosun Fihaara

ކޯވިޑް 19 ޖެހިގެން އުއްތަރު ޕްރަދޭޝްގެ މޮރާދުއާބާދުގައި މަރުވި އެމީހާއާއި އެކީ އުޅެމުންދިޔަ އާއިލާ މީހުން ކަރަންޓީނު ކުރުމަށް އެގޭ ދޮށަށް އެމްބިއުލާންސްގައި ދިޔައީ ޑޮކްޓަރުންގެ ޓީމަކާއި ފުލުހުންގެ ޓީމެކެވެ. އެގޮތުން އެމްބިއުލާންސް ދުއްވަން އިން ޑްރައިވަރު ބުނީ، އެމީހުން ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމަށް އެގޭ ދޮށަށް ދިޔުމުން ކުއްލިއަކަށް އާއްމުންގެ ބައެއް އައިސް ޑޮކްޓަރުންނާއި ފުލުހުންގެ ޓީމު ގަޔަށް ގާ އުކީ ކަމަށެވެ.

އުއްތަރު ޕްރަދޭޝްގެ ފުލުހުން ބުނީ ކޯވިޑް 19 ޖެހިގެން މަރުވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވި އާއިލާ މެމްބަރުންތަކެއް ބަލާ ދިޔަ، ޑޮކްޓަރުންނާއި ފުލުހުންގެ ޓީމަށް އެހިސާބުގައި ދިރިއުޅޭ އާއްމުން ދިން ހަމަލާއެއްގައި ބައެއް ޑޮކްޓަރުން ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށެވެ.

އެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ އާއްމުންގެ ތެރެއިން ބަޔަކު ބޮޑެތި ގާ އުކުމުން ޕޮލިސް ވެހިކަލް އަދި އެމްބިއުލާންސް އަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެ އާއިލާ މެމްބަރުން މިހާރު ތިބި ކަރަންޓީނުގައި ކަމަށާއި، އެއަމަލުގެ ފަހަތުގައި ތިބި މީހުންނަށް އަދަބު ދޭނެ ކަމަށްވެސް އެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!