ޓެކްސީ ނަފާ ލޯނާ ގުޅޭ ކަންބޮޑުވުންތައް އިކޮނޮމިކް މިނިސްޓަރު އައްސަވައިފި
ޓެކްސީ ނަފާ ލޯނާ ގުޅޭ ކަންބޮޑުވުންތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އައްސަވައިފިއެވެ.
ޓެކްސީ ނަފާ ލޯން ސްކީމްއާ ގުޅޭ ގުޅޭ ކަންބޮޑުވުންތައް ފާހަގަކޮށް މިނިސްޓަރު ސައީދަށް އެޑްރެެސްކޮށް މީސްމީޑިއާގައި މީހަކު އޮތީ ސިޓީއެއް ޝާއިއުކޮށްފައެެވެ.
އެހެންވެ ،މިނިސްޓަރު މިއަދު ވަނީ ވަނީ ޓެކްސީ ނަފާ ލޯން ސްކީމްގެ ދަށުން ލޯނު ލިބިފައިވާ ބައެއް ފަރާތްތަކާއެކު، ކަމާގުޅުހުންހުރި ފަރާތްތައް ހިމެނޭހެން ބައްދަލުކުރައްވައިފައެވެ. އަދި އެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ މި ލޯން ސްކީމާ ގުޅިގެން އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް، ދިވެހި ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ހުރި އެފަދަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިނިސްޓްރީން އަބަދުވެސް ކުރަމުންދާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.