ފުނަދޫގެ ބޭރުން ކަނދުފައްޗެއް އަޅައިފި
ށ. ފުނަދޫގެ ބޭރުން ދޮށީ ކަނދުފައްޗެއް އަޅައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކަނދުފަތި އެޅީ ފުނަދޫ އިރު އުތުރުން 11.5 މޭލު ބޭރުގައި ކަމަށެވެ.
އެ ދޮށީ ކަނދުފަތީގެ ނަންބަރަކީ D09D01 އެވެ.
އެ ދޮށީ ކަނދުފަތި ގާއިމުކުރުމުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެ ކަމަށާއި ހާއްސަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކަނދުފަތި ގާއިމުކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުންނެވެ.