ޚަބަރު

ޢަލީ ރަމީޒުގެ ދިފާޢުގައި ޝެއިޚް ޒައިދު: ޢަލީ އަކީ ވަރަށް ހެޔޮލަފާ ރަނގަޅު މުސްލިމެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒަށް ، މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ކުރައްވާ އަލްޙާން ފަހުމީ ވަރަށް ހުތުރުކޮށް ފާޑު ވިދާޅުމުން، ޢަލީ ރަމީޒުގެ ދިފާޢުގައި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝެއިޚް ޢަލީ ޒައިދު ރައްދު ދެއްވައިފިއެވެ.

ޓްވިޓާއިން ޢަލީ ރަމީޒް އަލްހާން ބްލޮކު ކޮށްލުމުން، އަލްޙާން ޓްވީޓު ކުރައްވާ ވިދާޅުވީ "މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްޤާރީ އަލީ ރަމީޒް" އަލްހާން ބްލޮކް ކުރައްވައިފި ކަމަށާއި "ސަބަބު ހޯދަން ތި މޫނަށް" ބެލުމަށެވެ.

އެޓްވީޓަށް ރައްދު ދެއްވަމުން ޝެއިޚް ޒައިދު ވިދާޅުވީ ޢަލީ ރަމީޒަކީ އެމަނިކުފާނު ދަންނަ ގޮތުންނަމަ ވަރަށް ހެޔޮލަފާ ރަނގަޅު މުސްލިމެއް ކަމަށެވެ.

"ސިޔާސީ ވިސްނުން އަަޅުގަނޑުމެންގެ ތަފާތަސް، ޢަލީ އިސްލާމްދީން ކުރިއަރުވަން ޔޫޓިއުބްގައި ކުރައްވާ މަސައްކަތް އެކަނި ވެސް މިކަމުގެ ހެއްކަކަށް ފުދޭ" ޝެއިޚް ވިދާޅުވެފައިވެއެވެ.

އަލްހާން ވަނީ ޢަލީ ރަމީޒް އަލުން ޢިޝްޤީ ލަވަ ކިޔަން ފަށަންވީ ކަމުގައި ވެސް މިއަދު ވިދާޅުވެ "ބޮލުގައި ބިދުއަވެރި ފަގުޑިއެއް އަޅައިގެން" އޮޅުވާ ނުލެއްވުމަށް ވެސް ގޮވާލައްވާފައެވެ.

Ads by Allied Insurance
  1. އަލަފް

    މީހަކު ތައުބާވުމަށްފަހު ކުރިން ކޮށްފަހުރި ކުށްތަކުގެ ވާހަކަދަށްކަިގެން އަބުރު ކަތހިލުމަކީ ޖާހިލުންގެ ސިފައެއް.

    • މުހަންމަދު

      ތިޔަ އަލްހާން އަކީ ކާކުތަ އަލީރަމީޒުއާ ކިޔޭވަރުގެމީހެންނޫންތިޔާ ލަދެންހަޔާތެންނެތީ މައި ވާގޮތް

  2. ހުސައިން

    ގިނަ ނޫސްތަކުގައި ލިޔަނީ މީހުން ކުރިން ކޮންފައި ހުރިގޯސްކަށްތަށް ތަކުގެވާހަކަ

  3. ރެއްކަބޭ

    ޥެރިކަން ކުރަން ނޫޅުއްވާ ޢެގޮތުގައި ހުންނަވާ. ފަގުޑި އެޅިޔަކަސް ޝޭހަކަށް ނުވާނެ.