Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ފޮނި އުންމީދުތައް ޙަޤީޤަތަކަށްވުމުގެ އަސާސް: މެޑަމް ސާޖިދާ

ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ފޮނި އުންމީދުތައް ޙަޤީޤަތަކަށްވުމުގެ އަސާސް: މެޑަމް ސާޖިދާ

ޤައުމުގެ ފޮނި ކުރިމަގު ބިނާވެފައި ވަނީ ކުޑަކުދިންނަށް ކަށަވަރުކޮށްދެވޭ ރައްކާތެރިކަމާއި އޯގާތެރިކަމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ އެކްސް މެދުވެރިކުރައްވައި ދެއްވި އެ ކަމަނާގެ ޚާއްޞަ މެސެޖެއްގައި ފާހަގަކުރެއްވި ގޮތުގައި، ޞާލިޙު އަދި ހެޔޮލަފާ ޖީލެއް ބިނާވަމުންދާ ޤައުމެއްގެ މުސްތަޤުބަލާމެދު ކަންބޮޑުވެ މާޔޫސްވާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އަދި މުޖުތަމަޢުގެ ފަރާތުން ކުދިންނަށް ބޭނުންވާ ފުރިހަމަ އަޅައިލުމާއި ޙިމާޔަތް ލިބެމުންދާހާ ހިނދަކު، ކުރިމަގާމެދު ކުރެވޭ ފޮނި އުންމީދުތައް ޙަޤީޤަތަކަށް ވެގެންދާނެކަން އެކަމަނާ ވަނީ ޔަޤީންކޮށްދެއްވާފައެވެ. މީގެ އިތުރުން، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ ކުޑަކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެކަމަނާ ވަނީ އަރިސްކުރައްވާފައެވެ.

https://twitter.com/sajidhaamohamed/status/2053323943277445432

Advertisement
Ooredoo — Truecaller (box)

ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ މެއި މަހުގެ 10ވަނަ ދުވަސް ޚާއްޞަކޮށްފައި ވަނީ ޤައުމީ ފެންވަރެއްގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށެވެ. މި އަހަރުގެ ކުޑަކުދިންގެ ދުވަހަށް ކަނޑައަޅާފައިވާ ރަސްމީ ޝިޢާރަކީ "އާއިލީ ހަމަޖެހުން، ކުދިންގެ ދުޅަހެޔޮކަން" މިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް