ޚަބަރު

ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ ދެ ނޫސްވެރިއަކު ކޯޓަށް ހާޒިރުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޝަހުޒާން(ކ) އަދި ލީވާން(ވ)--

އަދަދު ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ އެ ނޫހުގައި މަސައްކަތް ކުރާ ދެ ނޫސްވެރިއަކު ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.

Ads by Allied

ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ރޭ ވަނީ އެއްވެސް ފަރާތަކުން ދައުވާއާ ގުޅުން ހުރި ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި އަދި ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށާއި ޝަރީއަތަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްރީއާ ގުޅިގެން މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް އަމުރުނެރެފައެވެ.

ނަމަވެސް މިއަދު ރައީސް އޮފީހުގައި ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭ ގޮތުން އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ވާހަކަ ދެއްކި އިރު އަދަދުގެ އެހެން ނޫސްވެރިއަކަށްވާ ލީވާން އަލީ ނާސިރު ވަނީ އެކަމާ ގުޅޭ ގޮތުން ހަބަރު ގެނެސްދީފައެވެ.

އެހެންވެ ދެ ،މީހުންވެސް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން ވަނީ އަންގައިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން ޝަހުޒާން ސުވާލުކުރުމުން އޭނާ ވަނީ ބައްދަލުވުމުން ނެރެވެސްފައެވެ.

ރޭ ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ޝަރީއަތް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާނުލައި ސިިއްރުކޮށްގެން ކަމަށާއި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުމަށް ވެސް ވަނީ އަމުރު ނެރެފައެވެ.

Ads by Allied Insurance