ފޭކު ސްލިޕްތަކެއް ފޮނުވައިގެން 9000އެއްހާ ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ފޭކު ސްލިޕްތަކެއް ފޮނުވައިގެން ބޮޑެތި އަދަދުތަކުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މއ. ކެދިފަށުވިގެ/ މާލެ، މުހައްމަދު އަމާން ރަޝީދު(41އ.)އެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ފޭކް ސްލިޕްތަކެއް ހުށަހަޅައިގެން ނުވަ ހާހެއްހާ ރުފިޔާގެ ވިޔަފާރިކުރި ކަމުގެކުށެވެ.
ނަމަވެސް އެ ތުހުމަތުތަކަށް އިންކާރުކޮށް އަމާން ބުނީ އެ ސްލިޕްތަކަކަކީ އޭނާގެ ރައްޓެއްސެއްކަމަށްވާ އަޒާން ފޮނުވި ސްލިޕްތަކެއްކަމަށާއ،ި އަދި ފިހާރައިން ގަތް އެއްޗެއްސަކީވެސް އޭނާ ބުނެގެން ގަތް އެއްޗެހި ކަމަށެވެ،
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަމާން ހަތަރު ދުވަހަށް ޖަލުގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފޭކް ސްލިޕްތައް ފޮނުވައިގެން ވިޔަފާރިކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑެވެ. އަދި އެފަދަ މައްސަލަތަކުގައި ގިނަ އަދަދެއްގެ މީހުން ކުރިންވެސް ހައްޔަރުކޮށްފައިވެއެވެ.