ދުނިޔެ

1.4 ބިލިއަން މީހުންގެ އާބާދީއާއެކު، އިންޑިއާގެ ތަޢުލީމީ ނިޒާމުގެ މައިގަނޑު އަސާސަކަށް ޓެކްނޮލޮޖީ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންސާނީ ބުއްދީގެ މުސްތަޤުބަލު އުޖާލާކުރުމުގެ ގޮތުން، 1.4 ބިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާއިން ވަނީ އުމުރުން އެންމެ 3 އަހަރުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ޤައުމީ ފެންވަރުގެ ޚާއްޞަ ސްޓްރެޓެޖީއެއް އެކުލަވާލާފައެވެ. އަދި އެ ޤައުމުގެ ތަޢުލީމީ ނިޒާމުގެ އެންމެ މުހިންމު އެއް އަސާސަކީ ޓެކްނޮލޮޖީއަށް އަހުލުވެރިވުން ކަމުގައި ވަނީ ކަނޑައަޅާފައެވެ. އިންޑިއާ ސަރުކާރުގެ އެންމެ ބޮޑު އުންމީދަކީ، އައިޓީގެ ދާއިރާއިން ދެވޭ ފުން މައުލޫމާތާއި ބަހުގެ ހުނަރުތަކުގެ އެހީގައި، އާޓިފިޝަލް އިންޓެލިޖެންސްގެ ދުނިޔޭގައި މުސްތަޤުބަލުގެ ލީޑަރުންގެ ގޮތުގައި އެ ޤައުމުގެ ކުދިން ވެގެންދިއުމެވެ. (ފޮޓޯ: ކޯޖީ އުއޭމާ)

Ads by Allied

އިންސާނުންގެ ވިސްނުމާއި ފިކުރުގެ މައްޗަށް ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް އިން އެކި ގޮތްގޮތުން ބާރުފޯރުވަން ފަށާފައިވާއިރު، މިއީ އިންސާނީ ސިކުނޑި ތަރައްޤީކޮށް ބޭނުންކުރާނެ ގޮތްތަކާމެދު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މީސްތަކުންގެ މެދުގައި ޖަމާޢީ ބުއްދިވެރިކަން އޮތް ނަމަވެސް، މުޅި ދުނިޔޭގައި ބައިބައިވުންތަކާއި ހަމަނުޖެހުންތައް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. މީގެ ސަބަބުން އުފެދޭ އެންމެ ބޮޑު ސުވާލަކީ މުސްތަޤުބަލާ ކުރިމަތިލުމަށް އިންސާނުންނަށް ބޭނުންވަނީ ކޮންކަހަލަ ހުނަރުތަކަކާއި ޤާބިލުކަމެއްތޯ އުފެދޭ ސުވާލެވެ. މި ސުވާލުތަކަށް ޖަވާބު ހޯދުމުގެ ގޮތުން 'ނިއްކެއި' އިން ގެނެސްދޭ ޚާއްޞަ ސިލްސިލާ ރިޕޯޓުތަކުގައި، ދުނިޔެއިން އިންސާނީ ބުއްދީގެ އަގުވަޒަންކުރާ ގޮތް ބަދަލުވަމުންދާ މިންވަރު ދިރާސާކުރެއެވެ. މިއީ މި ސިލްސިލާގެ ތިންވަނަ ބަޔެވެ.

Ads by Allied Insurance