ސިޔާސީ

އިދިކޮޅު ތިން ރައީސުންގެ ބައްދަލުވުމަކީ އަމިއްލަ އެދުމުގެ އިންތިހާ: އަބްދުއްރަހީމް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީނާއި، މުޙައްމަދު ނަޝީދުގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުވުމަށް ފާޑުވިދާޅުވެ، އެ ބޭފުޅުން ޤައުމަށް ދެއްވާފައިވާ ބޮޑެތި ގެއްލުންތައް ހަނދާންނައްތަވާލައްވައި ގުޅިވަޑައިގަތުމަކީ އަމިއްލަ އެދުން ބޮޑުކަމުގެ އިންތިހާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސިފަކުރައްވައިފިއެވެ.

މީސްމީޑިއާގެ މަންސައެއް ކަމަށްވާ 'އެކްސް' ގައި އެ ތިން ބޭފުޅުންގެ ފޮޓޯއަކާ އެކު އާންމުކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ، އެކިއެކި ވެރިކަންތަކުގައި ހިނގާފައިވާ ބޮޑެތި ގޯސްތަކުގެ ދިގު ލިސްޓެއް ހިއްސާކުރައްވާފައެވެ. އެގޮތުން، އެ ލިސްޓުގައި ހިމެނޭ ކަންކަމަކީ މިހާރު އެ ބޭފުޅުންނަށް މައްސަލައަކަށް ނުވާކަން ފާހަގަކުރައްވައި، ކުރިން ދެއްކެވި ހުރިހާ ވާހަކަތަކެއް މުޅިން ބަދަލުވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގި ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގު އަދި ފެން ކުންފުނީގެ ހިއްސާ ވިއްކާލުމުގެ އިތުރުން ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި ފަނޑިޔާރު އަބްދުﷲ މުޙައްމަދު ހައްޔަރުކުރުން ހިމެނެއެވެ. ހަމައެހެންމެ، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ތާރީޚީ ބޮޑު ޚިޔާނާތާއި ސިޔާސީ އެތައް ލީޑަރުންނަކާއި ފަނޑިޔާރުންނެއް ޖަލަށްލުން ވެސް އެ ލިސްޓުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، ދާދިފަހުން ނިމިދިޔަ ރައީސް ޞާލިޙްގެ ސަރުކާރުގައި ހިނގާދިޔަ ކަންކަމަށް ވެސް އަބްދުއްރަހީމް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމާއި، ކޯވިޑް-19 ގެ ދުވަސްވަރު ހިންގި ވެންޓިލޭޓަރުގެ ވައްކަމާއި، އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ހިމެނޭ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި ހުރިހާ ކަމެއް ހިނގާދިޔަ ނަމަވެސް، މިއަދު އެ ބޭފުޅުން އެއްތަންވެވަޑައިގަތުމަކީ އަމިއްލަ އެދުން ފިޔަވައި އެހެން އެއްވެސް ކަމެއް ނޫންކަމަށް މަޖިލީހުގެ ރައީސް ވަނީ ތުހުމަތުކުރައްވާފައެވެ.

Ads by Allied Insurance
  1. ވަގުންނޭ

    ދެން މުއިއްޒު އެއުޅެނީ އަމިއްލަ އެދުމުގައި ނޫންދޯ ދެވަނަ ދައުރަކަށް ކުރިމަތިލާން ފޫގަޅައިގަނެގެން ފުރަތަމަ ކަމަކީ އޭނާ އަމިއްލަ އަށް ބުނީ އޮޅުވާލާ މަކަރާއި ހީލަތުން ތިމަންނާ ވެރިކަން ކުރާނީ ރައީސް ޔާމީން ވިދާޅުވާ ގޮތަށޭ ވެރިކަން ލިބުނު ދުވަހު ސައްޕެއް ޖަހާ ރައީސް ޔާމީން ބޭރުކޮށްލީ ފުރަތަމަ ކަމަކީ މުއިއްޒުގެ ވެރިކަމުގެ ލެޖިޓިމެސީ ވަނީ ގެއްލިފައޭ ދެން ފަލާހު ފަދަ ޑިގްރީ ގަނޑެއްގެ ފެންވަރު ވެސް ނެތް އަބަތަވަ ސަވައްލާ ކިޔަވައިގެން ތިބި މީހުންނަށް ނޭގޭނެއޭ އަދުރޭ އަކީ ދެން ކޮންތާކުން ކޯއްޗެއް ކިޔަވައިގެން ހުރި އާރުކޭ އެއްތޭ ރާއްޖޭގެ މަޖްލީހުގެ ރައީސް ކަމަށް ފާވެގެން އުޅެނީ

  2. ތަމެންދޯ

    ނުކިޔަވާ ތިބި ގަމާރު ބީތާއިން ތަކެއް ކަނޑުކޮސް ފޭކް ޕީއެޗްޑީ ހަދައިގެން އުޅޭ މުއިއްޒުގެ ފަހަތަށް ވަދެގެން މިގޮވާ ކަނޑުކޮސް ގޮވުން ތަކަކީ އެއީ އެމެންގެ ދަރިންނާއި އާއިލާ އަށް ސަރުކާރުގެ މާލިއްޔާ ހުސް އަރުވާލަން ވެގެން ފުރުސަތު ހޯދަން އެބަގަ ތައް ކުރާ ކަމެކޭ ދެން އަދުރޭ ދެން ފަލާހު ދެން ބާރަށޭ މީދެން ކޮންތާކުން ކޯއްޗެއް ކިޔަވައިގެން އައިސްތިބި ބައެއް ތަކެއްތޭ އަމިއްލަ ނަން ވެސް ލިޔަން ނޭގެއޭ ދެން ސަރުކާރުގެ މާލިއްޔާ އިން ފައިސާ ވަގަށް ނަގައިގެން ރަށުގައި އުޅޭ ވަގުންނަށް ފައިސާ ބަހައިގެން ވޯޓް އިން ވައްކަންކޮށްގެން މަޖްލީސް މެމްބަރު ކަމަށް އައިސް މުޅި ދައުލަތުގެ މާލިއްޔާ ލޫޓުވުން ނޫން ކަމެއް މިވަގުންތައް ނުކުރޭ ނުކުރޭ ނުކުރޭ ނުކުރޭދޯ..