ޚަބަރު

އީދު ލަވައަކާއެކު "ހޭވައްލާ ބޮޑުބެރު"އިން ހާއްސަ ގިވްއަވޭއެއް: ލީޑް ތަރި "ގޮއްޔެ" އަކީ ކާކުކަން ދިމާކޮށްލާ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް އީދާ ދިމާކޮށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހޭވައްލާ" އިން އީދު ލަވައެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

Ads by Allied

މި ލަވައާ ގުޅިގެން ސަޕޯޓަރުންނަށް އޮތް އެންމެ އުފާވެރި ހަބަރަކީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޝައުގުވެރި ގިވްއަވޭއެވެ. މިފަހަރުގެ ގިވްއަވޭ ހާއްސަކޮށްފައިވަނީ ލަވައިގެ ލީޑް ތަރިއަކީ ކާކުކަން ދިމާކުރުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލަވައިގެ މެއިން ކެރެކްޓަރ ނުވަތަ ލީޑް ތަރިއަށް ކިޔަނީ "ގޮއްޔެ" އެވެ.

އެހެންކަމުން ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭނެ ކަމަކީ މި ލަވައިގައި ފެނިގެންދާނެ "ގޮއްޔެ" އަކީ ކާކުކަން ދިމާކޮށްލުމެވެ. ރަނގަޅަށް ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޕާޓީ ބޮކްސްއެއް ލިބިގެންދާނެއެވެ.

ކްރިއޭޓިވް ނެޓްވޯކާއި ގުޅިގެން އުފައްދާ ފޯރިގަދަ ބޮޑުބެރުގެ ހަރަކާތްތަކާއެކު އީދުގެ އުފާވެރިކަން ގެނެސްދޭނެ ލަވައަކަށް މި ލަވަވެގެންދާނެއެވެ.

މި އީދުގައި ހޭވައްލާގެ ބެރުގެ އަޑާއެކު އީދުގެ ފޯރި އިތުރަށް ގަދަވެގެންދާނެކަން ޔަގީނެވެ. "ގޮއްޔެ" އަކީ ކާކުކަން ހޯދުމުގެ ޝައުގުވެރިކަމާއެކު ގިނަ ބަޔަކު ދަނީ މި ލަވައަށް އިންތިޒާރު ކުރަމުންނެވެ.

Ads by Allied Insurance